(IUL)331/331/2026/47

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރަށުގެ 3 ސަރަހައްދެއްގައި ޖަހާފައިވާ ލައިޓްޕޯސްޓްތައް އެހެން 3 ތަނަކަށް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވުނު ނަމްބަރު (IUL)331/331/2026/42 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައި ނުވާތީ މިދެންނެވި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                  މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                 މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 13 ވަނަ ދުވަހުގެ 10:30ގައި މިކައުންސިލްގެ އިދާރާގައެވެ.

                 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.                                                                                                                             

ޕަބްލިޝްކުރި ތާރީޚު : 09 ޖުލައި 2026
ހަމަވާ ތާރީޚު : 13 ޖުލައި 2026 ގަޑި : 10:30

ގާފަރު ކައުންސިލް

+960 664 1941info@gaafaru.gov.mvރަސްމީ ގަޑި: އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
All Rights Reserved (c) 2026