(IUL)331/331/26/38

މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ

 މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި، އެފަރާތްތަކަށް މިމަސައްކަތް ވިހާވެސް ރަނގަޅުގޮތުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ކައުންސިލުން ބޭނުންވެއެވެ. 

                ވީމާ،  އަމިއްލަ ގޭގޭގެ އާއި ރަށުގެ އެކިސަރަހައްދު ތަކުގައި ހަޓް ހަދައިގެން މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކުން މިދަންނަވާ މަޢުލޫމާތު 05 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެކަން މިއިދާރާގެ ނަމްބަރު 7498930  އަށް ވައިބަރ ކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަމްބަރު 6641941 އާއި ގުޅުއްވައިގެން މަޢުލޫމާތު ޚިއްޞާ ކުރެއްވުން އެދެމެވެ. 

·         މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރާ ފަރާތުގެ ނަމާއި އެޑްރެސް

·         ގުޅޭނެ މޯބައިލް ނަމްބަރު

·         ހަޓް ހުރިތަން ނުވަތަ މަސްކައްކައްކާ ހިއްކުމުގެ މަސައްކަތްކުރާ ތަން

ޕަބްލިޝްކުރި ތާރީޚު : 28 ޖޫން 2026
ހަމަވާ ތާރީޚު : 05 ޖުލައި 2026 ގަޑި : 14:00

ގާފަރު ކައުންސިލް

+960 664 1941info@gaafaru.gov.mvރަސްމީ ގަޑި: އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
All Rights Reserved (c) 2026