(IUL)331/331/2026/37
ކުރީގެ ނަރުދަމާ ބޭނުން ނުކުރުމާއިބެހޭ
މިރަށުގައި އަލަށް ގާއިމް ކުރެވިފައިވާ ނަރުދަމާ މިހާރުވާނީ ބޭނުންކުރަންފަށާފައެވެ. އަދި ގިނަ ފަރާތްތަކުން އެޚިދުމަތް ދަނީ ބޭނުންކުރަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން، މިހާރު ވެސް ދަނީ ކުރީގެ ނަރުދަމާ ބޭނުންކުރަމުނެވެ. ކުރީގެ ނަރުދާމާގެ ހޮޅިތައްވަނީ އެކި ސަރަހައްދުތަކުން ބުރިކޮށް، ބެދިފައެވެ. އެހެންކަމުން ކުރީގެ ނަރުދަމާ ބޭނުންކުރުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން މަގުމައްޗަށް ނަޖިސް ފެން ބޭރުވަމުންދެއެވެ.
ވީމާ، މިހާރު އަލަށް ގާއިމް ކުރެވިފައިވާ ނަރުދަމާއަށް ނުގުޅާ ފަރާތްތަކުން 1 މަސްދުވަހުގެ ތެރޭގައި ކުރީގެ ނަރުދަމާ ޑިސްކަނެކްޓްކޮށް އަލަށް ގާއިމް ކުރެވިފައިވާ ނަރުދަމާއަށް ގުޅުމަށް އަންގަމެވެ.
ޕަބްލިޝްކުރި ތާރީޚު : 25 ޖޫން 2026
ހަމަވާ ތާރީޚު : 24 ޖުލައި 2026 ގަޑި : 14:00
